ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބިދާނެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފި

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބިދާނެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފި

Author
ހުސެއިން
25 ޖެނުއަރީ 2025 07:01
0

ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބިދާނެ ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކުރުން ހުއްޓާލުމަށް އާންމުންނަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އިލްތިމާސްކޮށްފިއެވެ.

މި އިލްތިމާސް ކުރަން ޖެހުނު މައިގަނޑު ސަބަބަކީ، މިފަދަ މަޢުލޫމާތު ހިއްސާކުރުމުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުގައި ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހާމަވެ، އެކުދިންނަކީ ކޮން ބައެއްކަން ދެނެގަނެވޭތީއެވެ. މިކަމަކީ މިނިސްޓްރީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަފަދา ގޮތަކަށް އެއްވެސް ފަރާތަކުން ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމުކުރުމަކީ މަނާކަމެކެވެ. މީގެ ތެރޭގައި ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަން، އެޑްރެސް، އަދި ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ އެއްވެސް ޒާތީ މަޢުލޫމާތެއް ނުވަތަ ތަސްވީރެއް ހިމެނެއެވެ. މިފަދަ މަޢުލޫމާތު މީޑިއާގައި ނުވަތަ އެހެން އެއްވެސް ވަސީލަތެއްގައި ޝާއިޢުކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.