މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓުން ޗައިނާގެ ޗެންގްޑޫއިން ކުރި ފުރަތަމަ ދަތުރުގައި 172 ފަތުރުވެރިން ރާއްޖެ އައިސްފައި

މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓުން ޗައިނާގެ ޗެންގްޑޫއިން ކުރި ފުރަތަމަ ދަތުރުގައި 172 ފަތުރުވެރިން ރާއްޖެ އައިސްފައި

ޤައުމީ އެއަރލައިން މޯލްޑިވިއަން އިން އައު މަންޒިލަކަށް ދަތުރުތައް ފަށައިފިއެވެ. ޗައިނާގެ ޗެންގްޑޫ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވެއެވެ.

މި ތާރީޚީ ދަތުރު ފެށުމަށް މޯލްޑިވިއަން އިން ބޭނުންކުރި ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އެއަރބަސް އޭ-330 ގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި އައު ވައިގެ ދަތުރުތަކަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުން ވަރުގަދަކުރާނެ ކަމެކެވެ. އަދި މިއީ މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *