ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށާނަން: ރައީސް

ޖުލައި މަސް ނިމުމުގެ ކުރިން ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް ފަށާނަން: ރައީސް

Author
ހުސައިން
22 ޖެނުއަރީ 2025 10:40
0

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢުތަކެއް އަލުން ފަށައި، ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށުން މިމަހުން ފެށިގެން ކުރިއަށް ގެންގޮސް ނިންމަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވޫ ރ. އަނގޮޅިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ

އެމަނިކުފާނު އަނގޮޅިތީމަށް ވަޑައިގެންނެވި ބޭނުމަކީ އެރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމަށް އިސްކަންދީގެން ކޮށްދިނުމަށް އެމަނިކުފާނު ބޭނުންފުޅުވާކަން ހާމަކޮށްދެއްވުން ކަމަށް ވިދާޅުވިއެވެ. މިދިޔަ އަހަރަކީ އިޤްތިޞާދީ ދަތިކަމާއި ދަރަނި އިތުރުވުމުގެ ސަބަބުން ޤައުމު ބަނގުރޫޓުވުމުން ސަލާމަތްކުރުމަށާއި އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު އަހަރެއްކަން ފާހަގަކުރެއްވިއެވެ.

އަނގޮޅިތީމުގެ ތަރައްޤީއަށް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބަނދަރުގެ މައްސަލަތައް ޙައްލުކޮށް، މޫދަށް އެރޭ ސަރަޙައްދަކާއެކު ޓީޖެޓީއެއް ތަރައްޤީކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ މައްސަލަތައް ޙައްލުކުރުމަށް ސްކޫލުގެ ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލް އަދި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ މާސްޓަރޕްލޭން އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރައްވާނެ ކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ މިސްރާބަށް ކަމަށެވެ. މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.