ހުޅުމާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދު ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި

ހުޅުމާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދު ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފި

Author
ޙަސަން މުޙައްމަދު
21 ޖެނުއަރީ 2025 06:59
0

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހުޅުމާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުފަހަރު ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ޓްރެފިކް ޑީކޮންޖެސްޝަން ޕްރޮގްރާމްގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަގުތަކުގެ ތޮއްޖެހުން ލުއިކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި، ހިނގާބިނގާވެ އުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މާހައުލެއް ޤާއިމްކުރުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި މަސައްކަތް ކުރިއަށްދަނީ ޓްރާންސްޕޯޓް މިނިސްޓްރީ، އެމްޓީސީސީ، މާލޭ ސިޓީ ކައުންސިލް، ކަސްޓަމްސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެޗްޑީސީ ގުޅިގެންނެވެ. މީގެ އިތުރުން ފުލުހުން ވަނީ ހުޅުމާލޭގައި ރަޖިސްޓްރީނުކޮށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި، އުޅަނދު ރަޖިސްޓްރީކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ކުރިން ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.