އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް މޫމިނާ ޢައްޔަންކުރުމަށް ރުހުން ދީފި

އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް މޫމިނާ ޢައްޔަންކުރުމަށް ރުހުން ދީފި

Author
ހުސައިން
20 ޖެނުއަރީ 2025 01:07
0

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސްކަމަށް މޫމިނާ ވަޙީދު ޢައްޔަންކުރުމަށް ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ އިއްތިފާޤުން ފާސްކޮށްފައެވެ.

ކުރިން އެ މަޤާމުގައި ހުންނެވި ޑރ. އަޙްމަދު އަދްހަމް ޢަބްދުﷲ އިސްތިޢުފާ ދެއްވުމާ ގުޅިގެން އެޗްއާރްސީއެމްއަށް އައު ނައިބު ރައީސަކު ވަނީ ޢައްޔަންކުރެވިފައެވެ.

ހޯމަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މޫމިނާ އެ މަޤާމަށް ޢައްޔަންކުރުމާ ގުޅޭގޮތުން ނެގުނު ވޯޓުގައި، ހާޒިރުވެ ވަޑައިގެން ތިއްބެވި 69 މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

މޫމިނާ ވަނީ 2020 ވަނަ އަހަރު އެޗްއާރްސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެވިފައެވެ.

މޫމިނާގެ އިތުރުން، މިހާރު އެޗްއާރްސީއެމްގައި ތިއްބެވި މެންބަރުންނަކީ: ރައީސާ މަރްޔަމް މުނާ އަދި މެންބަރުން އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤު، ސަމާއު އަޙްމަދު ނަޖީބު އަދި އިސްމާޢީލް ޙަބީބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.