މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް މުޖުތަމައުގައި ދިރިއުޅެމުން ފަރުވާ ހޯދޭނެ އައު ނިޒާމެއް ތަޢާރަފް ކުރަނީ

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް މުޖުތަމައުގައި ދިރިއުޅެމުން ފަރުވާ ހޯދޭނެ އައު ނިޒާމެއް ތަޢާރަފް ކުރަނީ

Author
ހުސައިން
18 ޖެނުއަރީ 2025 11:03
0

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް މުޖުތަމައުގައި ދިރިއުޅެމުން ފަރުވާ ހޯދޭނެ އައު ނިޒާމެއް ތަޢާރަފުކުރުމަށް ނިންމައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއަރޕާސަން އަދި ދާޚިލީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވި ގޮތުގައި، މި އައު ނިޒާމުގެ ދަށުން ފަރުވާ ދެވޭނީ ހޮސްޕިޓަލްތައް މެދުވެރިކޮށް، ޑޮކްޓަރުންގެ ސީދާ ބެލުމުގެ ދަށުންނެވެ.

ހެލްތު މިނިސްޓްރީން މި އައު ނިޒާމަށް ހުއްދަ ދީފައިވާއިރު، އެންޑީއޭ އިން ހާމަކުރި ގޮތުގައި، ފަރުވާގައި ބިއުޕްރިނޯފިން ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ފަރުވާ ދިނުމުގައި އެއްވެސް މީހަކު މަޖުބޫރުން ނުހިމެނޭނެ ކަމަށާއި، އެސެސްމަންޓް ހެދުމަށްފަހު އެކަށީގެންވާ ފަރާތްތަކަށް އެކަނި ފަރުވާ ދެވޭނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ.

މި އައު ނިޒާމު ތަޢާރަފުކުރި ނަމަވެސް، މިހާރު ހިންގަމުންދާ ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ދެމެހެއްޓޭނެއެވެ. އަދި ސައިކޯ ސޯޝަލް ސަޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެން.ޖީ.އޯ ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ވެސް ރާވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.