ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފި

ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފި

Author
ހުސައިން
13 ޖެނުއަރީ 2025 09:54
0

ސްޓެލްކޯއިން މިއަދު އިޢުލާންކުރި ގޮތުގައި، މޫސުމާބެހޭ އިދާރާއިން މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފިއެވެ.

މި ޓާސްކް ފޯހަކީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީގެ ސީދާ ބެއްލެވުމުގެ ދަށުން އެކުލަވާލެވުނު ޚާއްސަ މެނޭޖްމަންޓް ޓީމެކެވެ. މި ޓީމުގެ މައިގަނޑު މަޤްޞަދަކީ ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އެޅުމެވެ.

ކުންފުނިން ހާމަކުރި ގޮތުގައި، މި ދަނޑިވަޅުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ހުރި ކުންފުނީގެ މުހިންމު އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށެވެ.

މިހާރުވެސް މައި އިންޖީނުގެއާއި ކުންފުނިން ރާއްޖޭގައި ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ވެލިބަސްތާ ޖެހުމާއި، ފެންވަނުން ހުއްޓުވުމަށް ފެންސް ޖެހުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. މީގެއިތުރުން، ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުން ތިބޭނީ ތައްޔާރީ ހާލަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.