އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓގެ މިންވަރު 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުކުރެވިއްޖެ: ތާރިގް

އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓގެ މިންވަރު 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުކުރެވިއްޖެ: ތާރިގް

Author
ހުސައިން
13 ޖެނުއަރީ 2025 07:51
0

އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 15 ވަނަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި 53 މެގަވޮޓުން 70 މެގަވޮޓަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ތޯރިގް އިބްރާހިމް ހާމަކުރައްވައިފިއެވެ.

މިނިސްޓަރ ތޯރިގް އިތުރަށް ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ދުބާއީގައި ބޭއްވުނު ކޮޕް 28 ސަމިޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ރާއްޖެއިން ދަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިވަގުތު 170 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލަތަކުގެ ތެރެއިން އެއް މައްސަލަކަން ފާހަގަކުރައްވައި، ދުނިޔޭގެ ޤައުމުތަކުން އެއްބަސްވެފައިވާ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް މިނިސްޓަރ ތޯރިގް ވަނީ އިތުރަށް ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.