މައްކާގައި ތާށިވި އުމްރާވެރިން ރާއްޖެ ގެނެސްފި

މައްކާގައި ތާށިވި އުމްރާވެރިން ރާއްޖެ ގެނެސްފި

Author
ހުސައިން
12 ޖެނުއަރީ 2025 11:55
0

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މައްކާގައި ތާށިވި އުމްރާވެރިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

މި މައްސަލައިގައި ތާށިވެފައިވަނީ އަލްހިޖްރާ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޑިސެމްބަރު މަހު އުމްރާއަށް ދިޔަ 23 މީހުންނެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އެ ކުންފުނިން އިއުތިރާފުވެފައިވާ ގޮތުގައި އުމްރާވެރިން ދެއްކި ފައިސާއިން ދެކޮޅު ޓިކެޓު ހަމަނުޖައްސައި، އެ ފައިސާ ވަނީ ކުންފުނީގެ އެހެނިހެން ކަންކަމަށް ބޭނުންކޮށްފައެވެ.

ބައެއް މީޑިއާތަކަށް މައުލޫނާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު އުމްރާވެރިން ރާއްޖެއަށް ގެނެވިފައިވަނީ ހުކުރު ދުވަހުއެވެ.

މި މައްސަލައިގައި އުމްރާވެރިން ގެންދިއުމާބެހޭ އުސޫލާ ޚިލާފުވެފައިވާތީ، އިސްލާމިކް މިނިސްޓްރީން ވަނީ އެ ގްރޫޕްގެ އުމްރާ ހުއްދަ ހިފެހެއްޓުމަށާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައެވެ. އަދި އެ ކުންފުންޏާއި އޭގެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކަށްވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، އުމްރާވެރިން ރާއްޖެ ގެނައުމަށް ދިޔަ ޚަރަދު އެ ކުންފުނިން ހޯދުމަށާއި، މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންނަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި އިދާރީ އަދި ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ލަސްނުކޮށް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.