އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ދާނެ: ޑިމޮކްރެޓްސް

އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ދާނެ: ޑިމޮކްރެޓްސް

Author
ހުސައިން
12 ޖެނުއަރީ 2025 11:52
0

ޕާޓީގެ އިސް ބޭފުޅުން އެމްޑީޕީއާ އަލުން ގުޅުނު ނަމަވެސް އެ ޕާޓީގެ އިސް މެންބަރުންތަކެއް އެމްޑީޕީއާ ގުޅުނު ނަމަވެސް، ޕާޓީ އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމުގައި ޑިމޮކްރެޓްސް ޕާޓީން އިއްޔެ ހާމަ ކޮށްފިއެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެ ޕާޓީން ވަނީ ޔަގީންކަން ދީފައި ވެއެވެ.

މި ބަޔާން އައީ ޑިމޮކްރެޓިކް ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ފާއިތުވި ހަފްތާގައި އެމްޑީޕީއާ ގުޅުމާއި ގުޅިގެން އުފެދުނު ޚިޔާލުތަކަށް ރައްދު ދިނުމިގެ ގޮތުންނެވެ. ޑިމޮކްރެޓިކް ޕާޓީގެ އިސް އޮފިޝަލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމްޑީޕީއަށް މިވަގުތު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރި ކަމަށާއި، އެ ޕާޓީއަށް ބައެއް މެންބަރުން ބަދަލުވި ނަމަވެސް ޑިމޮކްރެޓިކް ޕާޓީ ކުރިއަށް ދާނެ ކަމަށެވެ.

އެމްޑީޕީއާ އަލަށް ގުޅުނު ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޙުސައިން އަމްރު، ޑިމޮކްރެޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް، އަދި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން، އެމްޑީޕީގައި ކުރިން އިސް މަޤާމެއް ފުރުއްވި އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.