މަންމައަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ޒުވާނަކު 15 ދުވަހަށް ބަންދު ކޮށްފި

މަންމައަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ޒުވާނަކު 15 ދުވަހަށް ބަންދު ކޮށްފި

Author
ހުސައިން
12 ޖެނުއަރީ 2025 11:48
0

ކްރިމިނަލް ކޯޓުން ނިންމި މައްސަލައެއްގައި، މަންމައަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި މއ. މޯނިންވިއުގެ ހުސައިން ޝިމާއު އާދަމް 15 ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ޝިމާއު، އޭނާގެ މަންމައަށް ބިރުދެއްކީ ތަކުރާރުކޮށް އެދުނު ފައިސާ ނުދިނުމުން ކަމަށް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މަންމައަށް ބިރުދެއްކުމުގެ އިތުރުން، އެ ގޭގެ މުދަލަށްވެސް ޝިމާއު ގެއްލުން ދީފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ޝިމާއުއަކީ ބިރުދެއްކުމާއި މާރާމާރީގެ ރެކޯޑު އޮންނަ މީހެއްކަމަށްވުމާއެކު، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.