މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، ކާރަކާއި ޕިކަޕެއް މުޑިއަރާ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ސީން އޭރިއާގައި މަސައްކަތްކުރަން ފަށާފައެވެ. އަދި އެކްސިޑެންޓުގައި ކާރު ދުއްވި ފަރާތަށް ލިބުނު އަނިޔާތަކާ ގުޅިގެން، އެ ފަރާތް ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އޭގެ އިތުރުން ކާރުގެ ފަހަތުގައި އިން މީހަކަށް ވެސް އަނިޔާވެފައިވާތީ، އެއަރޕޯޓު ކްލިނިކުގައި އެ ފަރާތަށް ވަނީ ފަރުވާދީފައެވެ.
Velana International Airport gai Car akaa Pick-up eh jehi nurahkaatheri accident eh hin’gaifi pic.twitter.com/6l5vOXuiW0
— Accidents in Maldives (@AccidentsMV) January 7, 2025
ނަމަވެސް، ކާރުގައި ތިބި އެހެން މީހުންނަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. މި ހާދިސާ ދިމާވި ސަބަބާއި، ދެ އުޅަނދުގެ ޑްރައިވަރުންނާއި ގުޅޭ މަޢުލޫމާތު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.