ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 450،936 ގަސް އިންދައިފި

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 450،936 ގަސް އިންދައިފި

Author
ހުސައިން
29 ޑިސެމްބަރ 2024 01:06
0

ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 450،936 ގަސް ވަނީ އިންދާފައެވެ. އަދި މިއާއެކު، 70 ތަނަކުން 4،219،456 ގަސް އިންދުމަށް ޕްލެޖް ލިބިފައިވާކަމަށް ޕީއެސްއެމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމްގައި ސްޓެލްކޯއިން 50،000 އަށްވުރެ ގިނަ ގަސް އިންދާފައިވާއިރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ވަނީ މި ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

މިދިޔަ ޖޫން 5 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ރައީސް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގައި އިސްކަންދެނީ ރާއްޖެއިން ނެތެމުންދާ ގަސްތައް ދިރުވައި އާލާކުރުމަށެވެ. އެގޮތުން 90 ބާވަތެއްގެ ގަސް މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ކަނޑައަޅާފައެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.