ޖެނިފާއަށް އަލުން ވަޒީފާ ދިނުމާއި ބަދަލު ދިނުން ހައި ކޯޓުން ގޮތެއް ނިންމަންދެން ހުއްޓުވައިފި

ޖެނިފާއަށް އަލުން ވަޒީފާ ދިނުމާއި ބަދަލު ދިނުން ހައި ކޯޓުން ގޮތެއް ނިންމަންދެން ހުއްޓުވައިފި

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވަޒީފާއިން ވަކިކުރި މައްސަލައިގައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް ތަންފީޒު ކުރުން ހައިކޯޓުން މިއަދު ހުއްޓުވައިފިއެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެވުނު ޖެނިފާ، މިދިޔަ ޖެނުއަރީ މަހު ވަނީ އެ މަޤާމުން ވަކިކޮށްފައެވެ. މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، ޖެނިފާ ވަކިކޮށްފައިވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަމެއް ނެތި ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި، ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ. މީގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 56،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ.

އެހެންނަމަވެސް، ޓްރައިބިއުނަލްގެ މި ނިންމުން އައިލެންޑް އޭވިއޭޝަނުން ވަނީ ނޮވެމްބަރު މަހު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

މިއަދު ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުން ނެރުނު އަމުރުގައި، އެ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ޓްރައިބިއުނަލްގެ ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *