އޭސީސީން އެދިގެން އަކުރަމް ހިމެނޭހެން އިތުރު 4 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

އޭސީސީން އެދިގެން އަކުރަމް ހިމެނޭހެން އިތުރު 4 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

Author
ހުސައިން
20 ޑިސެމްބަރ 2024 08:54
0

ބިންވެރިޔާ ސްކީމުގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ހައުސިންގ މިނިސްޓްރީގެ އިތުރު އިސް އޮފިޝަލުންތަކެއްގެ ޕާސްޕޯޓުތަކެއް ހިފަހައްޓައިފިއެވެ. މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރެފައެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް، ކުރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ކުރީގެ ޑިރެކްޓަރ ޖެނެރަލް ލިރުގަމް ވަހީދުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

ޕީއެސްއެމް ނިއުސްއިން ހޯދި މަޢުލޫމާތުގައިވާ ގޮތުން، މި އެންމެހާ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ބިންވެރިޔާ ސްކީމުން ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ދީފައިވާ މައްސަލައިގެ ތަހުގީގާ ގުޅިގެންނެވެ. މީގެ ކުރިން މި މައްސަލައާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތުން 20 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއްވެސް ވަނީ ނެރެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.