އައްޑޫ ސިޓީއިން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީއިން މާލެއަށް ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

Author
ހުސައިން
17 ޑިސެމްބަރ 2024 11:16
0

އައްޑޫ ސިޓީއިން މާލެއަށް ދަތުރުކުރަމުންދިޔަ "ސީމެކްސް" ބޯޓުގެ ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ގެއްލިފައިވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖު ކުމާރެވެ. އޭނާ ގެއްލިފައިވާކަން ފާހަގަކުރެވުނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު، އަށް މައިލްސްގެ ދުރުމިނަށް ދަތުރުކުރަމުންދަނިކޮށެވެ.

މި މައްސަލައިގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދަނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފުލުހުން ވެސް މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދެއެވެ.

މި ވަގުތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫސުން ގޯސްވެފައިވާ ދުވަސްވަރަކަށް ވުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.