ޕީއެސްއެމްއިން ބޭއަދަބީ މަންޒަރެއް ދެއްކިގެން މާފަށް އެދިއްޖެ

ޕީއެސްއެމްއިން ބޭއަދަބީ މަންޒަރެއް ދެއްކިގެން މާފަށް އެދިއްޖެ

Author
ހުސައިން
15 ޑިސެމްބަރ 2024 10:13
0

ޕީއެސްއެމް ނިއުސް އިން އިނގިރޭސި ޚަބަރެއްގެ ތެރޭގައި ބޭއަދަބީ މަންޒަރެއް ދެއްކިފައިވާ މައްސަލައިގައި، އެ ކުންފުނިން މަޢާފަށް އެދި، އިހުމާލުވި މުވައްޒަފުން ސަސްޕެންޑް ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ދެއްކުނު އެ މަންޒަރަކީ ކުންފުނީގެ ކޮންޓެންޓް އަދި އެޑިޓޯރިއަލް ޕޮލިސީއާ ޚިލާފު، ސީރިއަސް މައްސަލައެއްކަމަށް ރޭ ނެރުނު ނޫސްބަޔާނެއްގައި ޕީއެސްއެމްއިން ބުނެފައިވެއެވެ.

މި މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެލުމަށްފަހު، އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑްކޮށް، އެ މުވައްޒަފުންގެ މައްސަލަ ކަމާބެހޭ ކޮމެޓީއަށް ފޮނުވައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް އޮޕަރޭޝަނަލް ކަންކަން ބައްޓަންކުރުމަށްޓަކައި، ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މިހާރު ޢަމަލުކުރަމުންދާ އެސްއޯޕީތައް އިޞްލާޙުކުރަމުންދާ ކަމަށްވެސް ޕީއެސްއެމްއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.