ސީ-ޓު-އެއާ ކާގޯ ހިދުމަތާ މިހާތަނަށް ތިން ގައުމަކުން ވަނީ ގުޅިފަ

ސީ-ޓު-އެއާ ކާގޯ ހިދުމަތާ މިހާތަނަށް ތިން ގައުމަކުން ވަނީ ގުޅިފަ

Author
ހުސައިން
14 ޑިސެމްބަރ 2024 07:24
0

ރާއްޖެއިން މިހާރު ދުނިޔޭގެ ތިން ގައުމަކުން ގެންނަ މުދާ އެހެން ގައުމުތަކަށް އެކްސްޕޯޓް ކުރަމުންދާ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ (އެމްއެސްއެސް) މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ، ކަނޑުމަގުން އަންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމުގެ މި ޚިދުމަތުގައި އެ ކުންފުނީގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. މި ޚިދުމަތަށް މިހާރު ޖުމުލަ 11 އެއާލައިން ގުޅިފައިވާއިރު، މި ސަރަހައްދުގެ ތިން ގައުމު ކަމަށްވާ ބަނގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާވެސް ވަނީ މި ޚިދުމަތާ ގުޅިފައެވެ.

އެމްޕީއެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ސީ-ޓު-އެއާ ކާގޯ ޚިދުމަތަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވާނެ މުހިންމު މަޝްރޫއެއް ކަމަށް ވިދާޅުވެ، މިއީ ރާއްޖެއަށް އިތުރު ބޭރު ފައިސާ ވެއްދުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ. މި ޚިދުމަތް މިއަހަރު ފެށުނު ފަހުން ރާއްޖޭގެ އިގްތިސާދަށް އާމްދަނީގެ ގޮތުގައި ހަތަރު މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފައިވާކަން އެމްޕީއެލްއިން ކުރިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.