އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުގެ އެންމެފަހު ބެޗް ފަށައިފި

އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުގެ އެންމެފަހު ބެޗް ފަށައިފި

Author
ހުސައިން
14 ޑިސެމްބަރ 2024 03:35
0

މިއަދު ރާއްޖޭގެ އެންމެހައި އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުގެ އެންމެފަހު ބެޗް މިއަދު ފަށައިފިއެވެ. 2024 ވަނަ އަހަރަށް ރޭވިފައިވާ ގޮތުގެމަތިން، މި ބެޗްގެ ތަމްރީނު ނިމުމާއެކު ރާއްޖޭގެ އެންމެހައި މިސްކިތްތަކުގެ އިމާމުން ތަމްރީނުކޮށް ނިމިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 818 އިމާމުން ވަނީ ތަމްރީނު ކުރެވިފައެވެ.

މި ތަމްރީނުގައި އިމާމުންނަށް ފިޤުހު، ހަދީސް އަދި ތަފްސީރުގެ އިތުރުން މުޖުތަމައު ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރާއި އިމާމުންގެ ވަޒީފާއާ ގުޅޭ ޤަވާއިދުތަކުގެ މައުލޫމާތު ދެވުނެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ޕްރޮގްރާމްގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އިމާމުންގެ ހުނަރުތައް ތާޒާކޮށް، އިތުރު ތަމްރީނުތައް ދިނުމަކީ ވުޒާރާއިން އިސްކަންދޭ ކަމެކެވެ. އަދި މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އިމާމުންނަށް ގިނަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދެވިފައެވެ. މީގެއިތުރުން ވަޒީރު އިމާމުންނަށް ނަސޭހަތްތެރިވެ ވަޑައިގަތީ މި ތަމްރީނު ޕްރޮގްރާމުން ލިބިވަޑައިގަންނަވާ މައުލޫމާތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.