ޑރ. ފަޒީލް ނަޖީބް، ދިވެހިރާއްޖެއިން ޗައިނާއަށް އަލަށް ޢައްޔަންކުރެއްވި ސަފީރު، މިއަދު ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ސަފީރު ފަޒީލްގެ އަނބިކަނބަލުން އަލްފާޟިލާ އާމިނަތު ފަރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.
ފަތްކޮޅު އެރުވުމަށްފަހު، ސަފީރު ފަޒީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ރައީސް ޝީ އަށާއި ޗައިނާގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ވެދުން ސަލާން އަރިސްކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޝީ ވަނީ ސަފީރު ފަޒީލްގެ އައު މަޤާމަށް ތަހުނިޔާ ވިދާޅުވެ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަން ޔަގީންކޮށްދެއްވާފައެވެ.
1972 ވަނަ އަހަރުގެ އޮކްޓޫބަރު 14 ވަނަ ދުވަހު ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނު ފަހުން، ޑރ. ފަޒީލް ނަޖީބަކީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފަސްވަނަ ސަފީރެވެ.
ކޮމެންޓު ފޮނުވާ