ޕީއެންސީގެ ލީޑަޝިޕް ބައިބައި ނުކުރެވޭނެ: އަބުދުއްރަހީމް

ޕީއެންސީގެ ލީޑަޝިޕް ބައިބައި ނުކުރެވޭނެ: އަބުދުއްރަހީމް

ގުޅުންހުރި

ޕީއެންސީގެ ލީޑަޝިޕް ބައިބައި ނުކުރެވޭނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަފުޅުގައި، އެމްޑީޕީ ވެރިކަމުގައި ވެސް ޕީއެންސީގެ ލީޑަޝިޕް ބައިބައި ނުކުރެވުނު ކަމަށާއި، މިހާރު ވެސް އެކަން ނުކުރެވޭނެ ކަމަށް އަބްދުލްރަހީމް ފާހަގަކުރެއްވިއެވެ. އިތުރަށް ވިދާޅުވީ، ޕީއެންސީ ވެރިކަމަށް އައީ އިދިކޮޅަށް ދިޔައިރު ލީޑަޝިޕްގައި ތިބި މީހުންނަށް ވުރެ ގިނަ މީހުންނާއެކު ކަމަށެވެ.

އަބްދުލްރަހީމް ވިދާޅުވިގޮތުގައި މިހާރު ޕީއެންސީގެ ލީޑަޝިޕް އޮތީ މި ސަރުކާރަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އަދި ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއި ލޯތްބެއް ލިބިފައިވާ ސަރުކާރަށް ހެދުމަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައެވެ. އަދި ޕާޓީ ނިޒާމުގައި ޕާޓީއާއި ސަރުކާރާ ދެމެދު އޮންނަންޖެހޭ ގުޅުން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ދައްކައިދޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ވެރިއެއްގެ ފަހަތުގައި އެންމެ ސާބިތުކަމާއެކު މިހާތަނަށް އޮތީ ޕީއެންސީގެ ލީޑަޝިޕް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އަބްދުލްރަހީމް ނިންމަވާލެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށް ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ