ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

Author
ހުސައިން
12 ޑިސެމްބަރ 2024 10:06
0

ރޭ ހިނގި ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ތިން ޑްރައިވަރުންގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފިއެވެ. ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި މއ. ވިރާހް / މުހައްމަދު ޝާމުން (39 އަހަރު)، ލ. ދަނބިދޫ / ސަންރޭ، އަހްމަދު ޝަބީން (33 އަހަރު) އަދި ހދ. ކުމުންދޫ / ހޮލިޑޭވިލެޖް، ނުއުމާން އަހްމަދު (36 އަހަރު) ހިމެނެއެވެ.

މި ފަރާތްތައް ހައްޔަރުކުރެވުނީ އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބަންދުކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއެޅުމުން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ކޯޓަށް ހާޒިރުކުރުމުން ޝާމިން އަދި ޝަބީންގެ ބަންދުގެ މުއްދަތުގެ ގޮތުގައި ފަސް ދުވަސް ދިނުމަށް ނިންމާފައިވާއިރު، ނުއުމާން ވަނީ ވަކި ޝަރުތުތަކަކާއެކު ދޫކޮށްލެވިފައެވެ.

އިހުތިޖާޖުގެ ތެރެއިން ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުކުރި 22 ޓެކްސީއެއް ފުލުހުން ވަނީ ޓޯކޮށްފައެވެ. ޓެކްސީ ޑްރައިވަރުން މި އިހުތިޖާޖު ކުރިއަށް ގެންދިޔައީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވާ، އެ ފަރާތްތަކާ ބައްދަލުކޮށް، ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ސިޔާސަތުތައް އެކަށައެޅުމަށް ގޮވާލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.