ރޯވި އަލިފާނުގެ އަދިވެސް އެކީ ފިލުވައެއް ނުލެވޭ: އެމްއެންޑީއެފް

ރޯވި އަލިފާނުގެ އަދިވެސް އެކީ ފިލުވައެއް ނުލެވޭ: އެމްއެންޑީއެފް

Author
ހުސައިން
12 ޑިސެމްބަރ 2024 09:59
0

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިމެނޭ އިމާރާތުގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑުގެ އަސަރު އަދިވެސް އެއްކޮށް ފިލުވާނުލެވޭކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީ، ހައުސިން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިމެނޭ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ހަތަރު ގަޑިއިރުގެ މަސައްކަތެއް ކުރަން ޖެހުނެވެ.

މި ހާދިސާގެ ސަބަބުން އިމާރާތާއި އޭގައި ހުރި ގިނަ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ. އެމްއެންޑީއެފުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، މިރޭ ވެސް އިމާރާތުން ކޮންމެވެސް ވަރަކަށް ދުން އަރަމުންދާ ކަމަށާއި، އަދިވެސް އިމާރާތުގެ އެތެރެއިން އަލިފާނުގެ އަސަރު އެއްކޮށް ފިލުވާނުލެވޭތީ، މިވަގުތުވެސް އިމާރާތް މޮނިޓަރކޮށް ފެން ޖަހަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.