ރޯދަ މަހު ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަނީ

ރޯދަ މަހު ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަނީ

Author
އަހުމަދު
12 ޑިސެމްބަރ 2024 02:29
0

އަންނަ އަހަރުގެ ރަމަޟާން މަހު "ނޫރުލް އަޒާން 1446″ ގެ ނަމުގައި ބަންގި ގޮވުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއީ އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މުބާރާތް އަމާޒުކޮށްފައި ވަނީ އުމުރުން 15-20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖެހިފައި އަންނަ މަހުގެ 15-30 އަށް މާލޭގައެވެ.

"ނޫރުލް އަޒާން 1446″ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 31 ގެ މެންދުރު ދަހު 2:00 އާ ހަމައަށެވެ.

މި މުބާރާތުގެ މަގުސަދަކީ ރީތިކޮށް ބަންގި ގޮވާ ޒުވާނުންތަކެއް އުފެއްދުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.