އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މުހިންމު ޚިދުމަތްތަކެއް ހުއްޓުމަކަށް

އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މުހިންމު ޚިދުމަތްތަކެއް ހުއްޓުމަކަށް

ގުޅުންހުރި

މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލުގެ ލޭންޑް އެންޑް ބިލްޑިން އަދި ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓުގައި ހުރި ލިޔެކިޔުންތަކެއް ހަލާކުވުމާ ގުޅިގެން ރައްޔިތުންނަށް ދެމުން އައި މުހިންމު ހިދުމަތްތަކެއް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގެ ގޯތިތެރޭގައި ހުންނަ މާލެ ސިޓީ ކައުންސިލުގެ ލޭންޑް އެންޑް ބިލްޑިން އަދި ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓަށް މިއަދުގެ އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި އެ ދެ މިނިސްޓްރީ ހިންގަމުން ދިޔަ ޓިނުން ހަދާފައި ހުރި އިމާރާތް އެއްކޮށް ބިމާހަމަވެފައިވާއިރު، އެތަނާ ޖެހިގެން ހުރި އެންވަޔަރަމެންޓު މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިންގެ ބޮޑު ބައެއް ވެސް ވަނީ އަނދައިގެން ގޮސްފައެވެ.

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ސިޓީ ކައުންސިލްގެ އިމާރާތަށް އަލިފާނުގެ އަސަރުކޮށް، ބައެއް ލިޔުންތައް އަނދާފައިވާ ކަމަށާއި، އެ އިމާރާތުގައި ހުރި ލިޔުންތައް ސިޓީ ކައުންސިލުން ވަނީ އެހެން ތަނަކަށް ގެންގޮސްފައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރާތްތަކުގެ ރަޖިސްޓްރީ ހެދުމާއި، އިން ވަކި ކުރުމާއި، އިމާރާތް ކުރުމާ ގުޅޭ އެހެން ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަމަވެސް، އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުމުގެ ހިދުމަތް ހުޅުމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހުން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ