އަލިފާން ރޯވި ހައުސިން މިނިސްޓްރީގެ އިމާރާތް އަނދާ ހުލިވެއްޖެ

އަލިފާން ރޯވި ހައުސިން މިނިސްޓްރީގެ އިމާރާތް އަނދާ ހުލިވެއްޖެ

ގުޅުންހުރި

ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ހިންގާ އިމާރާތުގައި ޓިނުން ހަދާފައި ހުރި އިމާރާތުގައި އަލިފާން ރޯވެ އެ އިމާރާތް ބިމާ ހަމަވެއްޖެ އެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަލިފާންގަނޑު ރޯވީ އެންވަޔަރަމެންޓު މިނިސްޓްރީ ހުންނަ ގްރީން ބިލްޑިންގަ އެވެ. ރޯވި ހުޅުގަނޑު ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ މި ޓިނު އިމާރާތަށެވެ.

އެ ތަނުގައި ރޯވީތާ މާ ގިނަ އިރުތަކެއް ނުވަނީސް، މުޅި އިމާރާތަށް ހުޅުގަނޑު ފެތުރިގަތް ކަމަށް ބެލެވެ އެވެ. "ޚަބަރު އޮންލައިން" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އިމާރާތް މިހާރު ހުރީ އަނދާ ހުލިވެފައެވެ.

މިހާރު އަލިފާން ކޮންމެވެސް ވަރަކަށް އަލިފާން ރޯވެފައި ހުރިނަމަވެސް މިހާރުދަނީ އެސަރަހައްދުން ވަރަށް ބޮޑަށް ދުން އަރަމުންނެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހުންނަ އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވުމާ ގުޅިގެން މުޅި މާލެ ތެރެއަށް ދުމުގެ އަސަރު ކުރަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުން މީހުން ވަނީ ބަދަލުކުރެވިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިކަމުގައި އާންމުންނަށް އިރުޝާދު ދެމުން ވިދާޅުވެފައިވަނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުމަށާއި، ނުކުންނަން ޖެހިއްޖެނަމަ އަނގައާއި ނޭފަތް ނިވާކުރުމަށެވެ. އަދި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށްވެސް އެޖެންސީން ވަނީ އިރުޝާދު ދެއްވާފައެވެ.

ޚާއްޞަކޮށް ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ނޭދެވޭ އަސަރު ބޮޑަށް ކުރުން އެކަށީގެންވާކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ. އަދި ނޭވާ ކުރުވުމާއި، ނޭވާލާން އުނދަގޫވުމާއި، ގަދަޔަށް ކެއްސުމާއި، ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ