އަލިފާން ރޯވި ސަރަހައްދަށް ރައީސްއާއި ވަޒީރުން ވަޑައިގެންންފި

އަލިފާން ރޯވި ސަރަހައްދަށް ރައީސްއާއި ވަޒީރުން ވަޑައިގެންންފި

Author
ހުސައިން
12 ޑިސެމްބަރ 2024 09:22
0

އަލިފާން ރޯވި އިމާރާތް ހުރި ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުން ވަޑައިގެންފިއެވެ.

އަމީނީ މަގުގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ރޯވެ އެ އިމާރާތްވަނީ އަނދާ ހުލިވެފައެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ލިބޭ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

އަލިފާން ރޯވީ އިމާރާތުގެ ހުޅަނގު ފަރާތުގައި ހުންނަ ޓިނު އިމާރާތުގެ އެއްވަނަ ފަންގިފިލާއިން ކަމަށް މަޢުލޫމާތު ލިބިފައި ވެއެެވެ. އަލިފާން ރޯވިއިރު އިމާރާތުގެ އެތެރޭގައި އެއްވެސް މީހަކު ނެތްކަމަށް ވެއެވެ. މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، އަދި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މުޅި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން އަޅާފައެވެ. އިމާރާތުގެ ބޮޑުމިނާއި، ސަރަހައްދު ބަންދުކުރެވިފައިވާ ދުރުމިނުގެ ސަބަބުން، ވަކިން ރަނގަޅަށް އަލިފާން ރޯވެފައިވަނީ އިމާރާތުގެ ކޮން ހިސާބެއްގައިކަން ނޭނގޭ ކަމަށް ވެސް ފާހަގަކުރެވެއެވެ. އަދި މި ވަގުތާ ހަމައަށްވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.