ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވެ އަނދަމުން ދަނީ

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވެ އަނދަމުން ދަނީ

ގުޅުންހުރި

އަމީނީ މަގުގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ރޯވެ އެ އިމާރާތުގެ ބޮޑު ބައެއް އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ލިބޭ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

އަލިފާން ރޯވީ އިމާރާތުގެ ހުޅަނގު ފަރާތުގައި ހުންނަ ޓިނު އިމާރާތުގެ އެއްވަނަ ފަންގިފިލާއިން ކަމަށް މަޢުލޫމާތު ލިބިފައި ވެއެެވެ. އަލިފާން ރޯވިއިރު އިމާރާތުގެ އެތެރޭގައި އެއްވެސް މީހަކު ނެތްކަމަށް ވެއެވެ. މި ހާދިސާއާ ގުޅިގެން ސަރަހައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި، އަދި އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މުޅި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުން އަޅާފައެވެ. އިމާރާތުގެ ބޮޑުމިނާއި، ސަރަހައްދު ބަންދުކުރެވިފައިވާ ދުރުމިނުގެ ސަބަބުން، ވަކިން ރަނގަޅަށް އަލިފާން ރޯވެފައިވަނީ އިމާރާތުގެ ކޮން ހިސާބެއްގައިކަން ނޭނގޭ ކަމަށް ވެސް ފާހަގަކުރެވެއެވެ. އަދި މި ވަގުތާ ހަމައަށްވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ހާދިސާ ހިނގަމުންދާ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ޒިޔާރަތްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ