އަސްކަރިއްޔާއިން ހުޅުމާލެ ކައިރި ކަނޑުމަތީގައި ޚާއްސަ އަސްކަރީ ތަމްރީނު ތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފައިވާ ގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ ޑިސެންބަރު 15 އިން 19 އަށެވެ.
އެމްއެންޑީއެފްއިން އިތުރަށް ހާމަކުރި ގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 6 ގަޑިން ހަވީރު 6 އަށެވެ. އަދި މި ތަމްރީނުތައް ބާއްވާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 7 ނޯޓިކަލް މޭލު ދުރުގައިވާ ކަނޑުގެ ސަރަހައްދުގައެވެ. އަދި ތަމްރީނުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރު ދުރުމިނަށެވެ. މި ވަޒަންތައް ދަތުރުކުރާނީ 300 މީޓަރުގެ އުސްމިނުގައެވެ.
ފާހަގަކޮށްލެވޭ ކަމަކީ އެމްއެންޑީއެފްއިން މިފަދަ އަސްކަރީ ތަމްރީނުތައް ދޭތެރެ ދޭތެރެއިން ކަނޑުމަތީގަ އާއި ފަޅުރަށްރަށުގައި ހިންގަމުން ގެންދާކަމެވެ. ނަމަވެސް މީގެ ކުރިން ބޭއްވުނު މިފަދަ ބައެއް ތަމްރީނުތަކުގައި ބަޑިޖަހާ ވަޒަން މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަރާފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ