ރޯދަމަހު އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކޮށްދޭނެ ދިވެހި ހާފިޒުން ހޯދުމަށް އިއުލާން ކޮށްފި

ރޯދަމަހު އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކޮށްދޭނެ ދިވެހި ހާފިޒުން ހޯދުމަށް އިއުލާން ކޮށްފި

Author
ހުސެއިން
11 ޑިސެމްބަރ 2024 05:05
0

ކުރިއަށް އޮތް ރަމަޟާން މަހު އިސްލާމީ މަރުކަޒު އަދި މަސްޖިދު މަލިކި ސަލްމާންގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކޮށްދޭނެ ދިވެހި ހާފިޒުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އިޢުލާން ކޮށްފިއެވެ.

މި ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ހާފިޒުން ހޮވުމަށްޓަކައި ޓެސްޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޓެސްޓުން އެންމެ މޮޅު ހަތަރު ހާފިޒުން ހޮވައި، ކޮންމެ މިސްކިތަކަށް ދެ ހާފިޒުން ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. ހޮވޭ ހާފިޒުންނަށް ކޮންމެ ރެއަކު 700 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުންތަކާއެކު 2024 ފެބްރުއަރީ 16 ވަނަ ދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހި ހާފިޒުންނަށް ކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.