އެމްއައިބީގެ ސާވިސް ސެންޓަރެއް ދިއްދޫގައި ހުޅުވައިފި

އެމްއައިބީގެ ސާވިސް ސެންޓަރެއް ދިއްދޫގައި ހުޅުވައިފި

Author
ހުސައިން
07 ޑިސެމްބަރ 2024 08:06
0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ހއ. ދިއްދޫގައި އަލަށް ސާވިސް ސެންޓަރެއް ހުޅުވާލައިފިއެވެ. މި ސެންޓަރަކީ އެ ބޭންކުން ހދ. ކުޅުދުއްފުށި ފިޔަވައި އުތުރުގައި ހުޅުވި ފުރަތަމަ ސާވިސް ސެންޓަރެވެ.

ދިއްދޫ ސެންޓަރުގެ ރަސްމީ ހުޅުވުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގެންނެވީ ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދާއި، ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވަހީދު އަދި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީއެވެ.

އެމްއައިބީން ހާމަކުރި ގޮތުގައި މި ސެންޓަރުން އެ ބޭންކުގެ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތްވެސް ހިމެނެއެވެ.

އެމްއައިބީގެ ބަހުން، މި ސެންޓަރު ހުޅުވުމަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އުތުރުގެ ކަސްޓަމަރުންނަށް މިހާރަށްވުރެ ފުރިހަމަ އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ދިއްދޫ ސެންޓަރު ހުޅުވުމާއެކު، މިހާރު އެމްއައިބީގެ ޚިދުމަތްތައް ހއ، ހދ، ބ، އދ، ކ، ދ، ލ، ގއ، ގދ އަދި ފުވައްމުލަކާއި އައްޑޫން ލިބެން ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.