މީޑިއާ ކައުންސިލްގެ މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވުނު ވޯޓުލުން | ފޮޓޯ: ދަައުރު

މީޑިއާ ކައުންސިލްގެ އާދައުރަށް މެމްބަރުން އިންތިޚާބު ކޮށްފި

މީޑިއާ ކައުންސިލްގެ އާދައުރަށް މެމްބަރުން އިންތިޚާބު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މެމްބަރުން މިއަދު އިންތިޚާބު ކޮށްފިއެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު 10:00 އިން 11:00 އަށް ބޭއްވުނު އިންތިޚާބުގައި 139 މެމްބަރުން ވޯޓުލާފައިވާ އިރު، މީޑިއާ އާއި އަމިއްލަ ގޮތުން ޖުމްލަ 22 މީހަކު ވަނީ ކުރިމަތިލާފައެވެ.

އިންތިޚާބުގައި މީޑިއާތަކުން 8 ނޫސްވެރިންނާއި އަމިއްލަ ގޮތުން 7 މީހުން ހޮވިފައިވާ އިރު، އެންމެ މަތީ އަދަދެއްގެ ވޯޓު ހޯދާފައިވަނީ "މިހާރު" ނޫހުގެ ބިޒްނަސް ޑެސްކުގެ ހެޑް، ފާތިމަތު ޝަނާ މުހައްމަދެވެ. އޭނާ ވަނީ 118 ވޯޓު ހޯދާފައެވެ.

މީޑިއާތަކުން ހޮވުނު މެމްބަރުންގެ ތެރޭގައި، ވަގުތު އޮންލައިންގެ ނަޖާހް މަސްއޫދު 117 ވޯޓާއެކު، އާފަތިސް އޮންލައިންގެ ހަސަން ޝާކިރު 93 ވޯޓާއެކު، ހަފްސީ ޑޮޓްކޮމްގެ ހަފްސީ އަބްދުﷲ 75 ވޯޓާއެކު، ހަތާވީސް އޮންލައިންގެ ހުސެއިން ހަސަން އަދި ތިލަދުން އޮންލައިންގެ ހުސެއިން ސަގީފް 74 ވޯޓާއެކު، އަދި ދިޔަރެސް އޮންލައިންގެ ނަހުދާ ފާއިޒް 71 ވޯޓާއެކު ހިމެނެއެވެ.

އަމިއްލަ ގޮތުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ފާތިމަތު ފަހުމީ 80 ވޯޓާއެކު، އިބްރާހިމް ފައުޒީ 76 ވޯޓާއެކު، އަދި އިބްރާހިމް މުހައްމަދު 49 ވޯޓާއެކު ވަނީ ހޮވިފައެވެ.

ޖުމްލަ 15 މެމްބަރުން ހިމެނޭ މީޑިއާ ކައުންސިލްގެ މިހާރުގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާނެއެވެ. މީޑިއާ ކައުންސިލްގެ ކޮންމެ ދައުރެއްގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *