އުސްގެކޮޅު މަރާމާތުކޮށް އާބާތުރަ ފިލުވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

އުސްގެކޮޅު މަރާމާތުކޮށް އާބާތުރަ ފިލުވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވުނު ބައްދަލުވުމެއްގައި، ސަލްޓަންޕާކު ތެރޭގައި ހުރި އުސްގެކޮޅު މަރާމާތުކޮށް އާބާތުރަ ފިލުވުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ވަޒީރު އާދަމް ނަސީރާ ދެމެދު މަޝްވަރާތަކެއް ކުރެވިއްޖެއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަމަކީ، ކުރީގެ ރަސްކަން ކުރެއްވި ގަނޑުވަރުގެ ބައެއް ކަމަށްވާ އުސްގެކޮޅުގެ އާސާރީ ސިފަތައް ދެމެހެއްޓުމާއެކު އާބާތުރަ ފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މައްޗަށެވެ. އުސްގެކޮޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނަކަށް ވީނަމަވެސް، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެތަން ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވި ގޮތުގައި އުސްގެކޮޅު މަރާމާތުކޮށް ރީތިކުރުމަކީ އެމަނިކުފާނު ވެސް ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އެހެންކަމުން، ދިވެހި ބަހާއި ޤައުމިއްޔަތާ ބެހޭ ވުޒާރާއިން އެދިވަޑައިގެންނެވި ގޮތަށް، އެތަން އާބާތުރަ ފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ވުޒާރާއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *