މާލެ ސިޓީގެ މޭޔަރާއި 4 ކައުންސިލަރަކު ޗައިނާއަށް

މާލެ ސިޓީގެ މޭޔަރާއި 4 ކައުންސިލަރަކު ޗައިނާއަށް

Author
ހުސައިން
04 ޑިސެމްބަރ 2024 09:50
0

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަދި ހަތަރު ކައުންސިލަރުން މިއަދު ހަވީރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި މޭޔަރާއެކު ބައިވެރިވެ ވަޑައިގަންނަވަނީ ކައުންސިލަރު ރިޝްފާ އަހުމަދު، ކައުންސިލަރު އައިޝަތު ނިޒްލީ، ކައުންސިލަރު ސައީދާ ރަޝާދު އަދި ކައުންސިލަރު އިބްރާހިމް މުހައްމަދެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ދަތުރުފުޅަކީ ޗައިނާގެ ފުޒޫ ސިޓީގައި ބޭއްވޭ ކަލްޗަރަލް ފެސްޓިވަލްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެއިތުރުން މި ދަތުރުފުޅުގައި މާލެ ސިޓީ އާއި ފުޒޫ ސިޓީއާ ދެމެދު ފްރެންޑްޝިޕް ސިޓީގެ ގުޅުން ގާއިމުކުރުމަށް ސޮއިކުރުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.