ގުޅީފަޅު އެފްޑީސީގެ ދަށަށް ބަދަލު ކުރަނީ

ގުޅީފަޅު އެފްޑީސީގެ ދަށަށް ބަދަލު ކުރަނީ

Author
ހުސައިން
03 ޑިސެމްބަރ 2024 08:03
0

މާލެ ސަރަހައްދުގައި ހިއްކައިގެން ތަރައްޤީކުރަމުންދާ ކ. ގުޅީފަޅު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެފްޑީސީން މަޢުލޫމާތު ދީފައިވާގޮތުގައި، ގުޅީފަޅު އެ ކުންފުންޏަށް ބަދަލުކުރުމަށްޓަކައި ލިޔެކިޔުންތައް ބަދަލުކުރުމާއި މަޝްވަރާތަކުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ. މީގެ އިތުރުން، ގުޅީފަޅާ ގުޅޭގޮތުން ކުރިން ވެފައިވާ އެންމެހައި އެގްރިމެންޓްތައް މުރާޖަޢާކުރުމުގެ މަސައްކަތްވެސް އެފްޑީސީން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ބަދަލާ ގުޅިގެން، ސަރުކާރުގެ ކެބިނެޓުން ވަނީ އެފްޑީސީއަކީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމަވާފައެވެ. މި ނިންމެވުމާ ގުޅިގެން، ކުރިއަށް އޮތްތަނުގައި ސަރުކާރުގެ އެންމެހައި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ އެފްޑީސީގެ ތެރެއިންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގުޅީފަޅުގެ ބިމުގެ ބޮޑުބައެއް ހާއްސަކުރެވިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށެވެ. އަދި ކުރީގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ތަޢާރަފުކުރި ބިންވެރިޔާ ސްކީމްގެ ގިނަ ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީވެސް ގުޅީފަޅުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.