މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެގޮތުން، ހުޅުލެއަށް ވެހިފައިވަނީ 37.0 މިލިމީޓަރުގެ ވާރޭއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށް ކަމަށްވާއިރު، އެ ރަށަށް ވެހިފައިވަނީ 24.5 މިލިމީޓަރުގެ ވާރޭއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށްވާއިރު، އެއީ 21.2 މިލިމީޓަރުގެ ވާރޭއެވެ. ހަތަރުވަނައިގައި އޮތް ނ. މާފަރަށް ވެހިފައިވަނީ 20.1 މިލިމީޓަރުގެ ވާރޭއެވެ.
މީގެ އިތުރުން، ހުޅުމާލެއަށް 16.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ޏ. ފުވައްމުލަކަށް ވެހިފައިވަނީ 7.0 މިލިމީޓަރުގެ ވާރޭއެވެ. މެޓުން މިއަދުވެސް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަވާނެ ކަމަށް ލަފާކޮށްފައެވެ.