ޒަކާތު މަހާސިންތާއިން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެހީތެރި ވެދޭނެ: ޑރ. ޝަހީމް

ޒަކާތު މަހާސިންތާއިން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެހީތެރި ވެދޭނެ: ޑރ. ޝަހީމް

Author
ޙަސަން މުޙައްމަދު
30 ނޮވެމްބަރ 2024 12:49
0

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިފަދަ މަހާސިންތާތަކުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި ޢިލްމީ ދިރާސާތަކުގެ އަލީގައި ކުރެވޭ މަޝްވަރާތަކުން ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި މަހާސިންތާގައި ޒަކާތާ ގުޅޭ މުހިންމު މައުޟޫތަކަށް އަލިއަޅުވާލެވުނު ކަމަށާއި، ޒަކާތުގެ ދާއިރާ ހަރުދަނާކުރުމަށް 24 ކަމެއް ހުށަހެޅުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ހުށަހެޅުންތަކުގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއާއި މެލޭޝިޔާގެ މުއައްސަސާތަކުން ބައިވެރިވި މި މަހާސިންތާގައި ދީނީ ޢިލްމުވެރިންނާއި އިސްލާމިކް ފައިނޭންސް އަދި އިޤްތިޞާދީ މާހިރުން ބައިވެރިވިއެވެ. މި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި މަހާސިންތާއަކީ ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ވަޒީރު ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.