ސައުތު އެފްރިކާއަކީ، އެފްރިކާ ބައްރުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1 މިލިއަނަށް އެރިހަމައެކަނި ގައުމު

ދެކުނު އެފްރިކާގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް

ދެކުނު އެފްރިކާގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް

އެފްރިކާ ބައްރުން، ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1 މިލިއަނަށް އެރި ހަމައެކަނި ގައުމަކީ ސައުތު އެފްރިކާކަމުގައި ވެގެން ހިގައްޖެއެވެ.

ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ސައުތު އެފްރިކާގައި 1 މިލިއަނަށްވުރެ މައްޗަށް މިއެރީ، ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ، އަސްލު ވައިރަހަށްވުރެ މާ ފަސޭހައިން ގައިން ގަޔަށް އަރާ، ކޯވިޑް19ގެ އާ ވައްތަރުތަކުގެ ތެރެއިން ވައްތަރެއް ސައުތު އެފްރިކާއިން ފެނުނުތާ ހަފްތާއެއް ފަހުންނެވެ.

ފާއިތުވެ ހަފްތާގައި، ސައުތު އެފްރިކާގެ ހޮސްޕިޓަލްތަކުގައި، ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން އެޑްމިޓްކުރާ މީހުންގެ އަދަދުވަނީ އާދަޔާ ޚިލާފަށް އިތުރުވެގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން، ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކުގެ ދަތިކަން މިހާރު ވަނީ ސައުތު އެފްރިކާގެ ހޮސްޕިޓަލްތަކަށް ވަނީ ކުރިމަތިވާން ފަށާފައެވެ.

ބެލެވޭގޮތުގައި، ޕޮޒިޓިވްވި މީހުންގެ އަދަދު 1 މިލިއަނަށްވުރެ މައްޗަށް އަރައިގެން ދިއުމާގުޅިގެން، ސައުތު އެފްރިކާގެ ރައީސް، ސިރިލް ރަމްފޯސާ ކޮވިޑާ ދެކޮޅަށް އަޅުއްވާނެ ހަރުކަށި ފިޔަވަޅުތައް އެގައުމުގައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެއެވެ.

އެފްރިކާ ބައްރުގައި، މިހާރު އެންމެ ގިނަ އަދަދަކަށް ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންތިބީ ސައުތުއެފްރިކާގައިކަން ހޯމަދުވަ އިއުލާން ކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓަރ ޒްވެލީ މިހިޒްއެވެ. ސައުތު އެފްރިކާގައި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ، ޖުމްލަ 1،004،413 މީހުން މިހާރު ތިބިއިރު، ބައްޔަށް ޕޮޒިޓިވް ވެގެން 26،735 މީހުންވަނީ މަރުވެފައެވެ.

ސައުތު އެފްރިކާއިން ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހަކު އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ، މިއަހަރުގެ މާރޗްމަހުގެ ތެރޭގައެވެ.

ފާއިތުވެދިޔަ ހަފްތާގައި، ސައުތު އެފްރިކާގައި ދުވާލަކަށް 11،700 މީހުންވަނީ ޕޮޒިޓިވް ވާން ފަށާފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު %39 އިތުރު އަދަދެކެވެ. އަދި މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހާއި ދެމެދު ދުވާލަކަށް 14،000 މީހުންވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

ސައުތު އެފްރިކާގައި، އަލަށް ފެތުރެމުންދާ ކޯވިޑް19ގެ އަސްލަކީ އާސްޓްރެއިންގެ ވޭރިއަންޓެއް ކަމަށްވާ 501.V2 ކަމުގައި ސިއްޙީ މާހިރުން ގަބޫލުކުރެއެވެ. މި ސްޓްރެއިން ހޯދާފައިވަނީ، ސައުތު އެފްރިކާގެ އިރުމަތީ ސަރަހައްދެއް ކަމުގައިވާ ކޭޕް ޕްރޮވިންސްގެ ސަރަހައްދަކުން، އެގައުމުގެ ސައިންސްވެރިންނެވެ.

ސައުތު އެފްރިކާއިން ކޯވިޑް19ގެ އާ ވޭރިއެންޓެއް ފެނިގެން ދިއުމާ ގުޅިގެން، އެގައުމުން މީހުން އިގިރޭސިވިލާތަށް ދަތުރުކުރުން ފާއިތުވެދިޔަ ހަފްތާގައި އިގިރޭސިވިލާތުން ވަނީ މަނާކޮށްފައެވެ. އަދި އިގިރޭސިވިލާތުންވެސް ވަނީ އޭގެ ކުރީ ހަފްތާގައި މުޅިން އާ ވޭރިއަންޓެއް ފެނިފައެވެ. އެހެންނަމަވެސް، މި ވޭރިއަންޓަކީ މުޅިން ވަކިން ނަކަލުވަމުން އައި ވޭރިއެންޓެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މި ދެގައުމުން ފެނުނު ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިސްގެ އާ ސްޓްރެއިންގަވެސް، މިއުޓޭޝަން (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް)ގެ ބާވަތެއް ކަމުގައި N501Y ވަނީ ފެނިފައެވެ. މިއީ އިންސާނާގެ ހަށިގަޑުގައި ބަލި ޖެއްސުމުގައި މުހިންމު ދައުރެއްކުޅޭ، ވައިރަހުގެ ބައެކެވެ.

ސައުތުއެފްރިކާ އަށްފހު، އެފްރިކާ ބައްރުން ކޯވިޑް19ގެ ހާލަތު ދެން އެންމެ ގޯސް ގައުމަކީ މޮރޮކޯއެވެ. މިގައުމުގައި، 432،079 މީހުން ތިބިއިރު، މިބަލީގައި 7،240 މީހުންވަނީ މަރުވެފައެވެ. މޮރޮކޯއަށްފަހު، ދެން އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައިވަނީ މިސްރުގައެވެ. މިސްރުގައި131،315 މީހުންނަށް ބަލި ޖެހިފައިވާއިރު 7،352 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. މިސްރާ ޖެހިގެން އެފްރިކާ ބައްރުގައި ދެން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ޓިއުނީޝީއާގައެވެ. މިގައުމުގައި 130،230 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު 4،426 މީހުން ވަނީ ބަލީގައި މަރުވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *