ސަރުކާރުގެ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ގުޅިގެން ވިޔަފާރިވެރިންނަށް އަމާޒުކޮށް ދެކެވޭ ބަދުބަސްތައް ހުއްޓާލުމަށް ޕީއެންސީގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ގޮވާލައިފިއެވެ.
މަޖިލީހުގެ ބަޖެޓް ބަހުސްގައި އޭނާ ފާހަގަކުރި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ވިޔަފާރިވެރިންނާ ދިމާކޮށް ފާޑުކިޔުމުގެ ބަދަލުގައި، މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެކެވެ.
ރިސޯޓުތަކުން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް ލާޒިމުކުރާ ގަވާއިދާ މެދު ބައެއް ވިޔަފާރިވެރިން ދެކޮޅުހަދަމުންދާއިރު، ސަރުކާރުގެ ފަރާތުން ދަނީ މި ގަވާއިދު ދެމެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޓޫރިޒަމް ވިޔަފާރިތަކުން 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރުމަކީ ލާޒިމު ކަމެއް ކަމަށާއި، މި ގަވާއިދު ތަންފީޒުކުރުމަށް ހާއްސަ ފޮރެކްސް ގާނޫނެއް މަޖިލީހުން ފާސްކުރާނެ ކަމަށެވެ. އަދި މި ސަރުކާރު އޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.