އާސަންދައިގެ ދަށުން އައިވީއެފް ފަރުވާ ހޯދުމުގެ ފުރުސަތު ދެވަނަ ބުރުގައި ލިބޭ މީހުންގެ މުރާކައާކުރި ލިސްޓް އާންމު ކޮށްފި

އާސަންދައިގެ ދަށުން އައިވީއެފް ފަރުވާ ހޯދުމުގެ ފުރުސަތު ދެވަނަ ބުރުގައި ލިބޭ މީހުންގެ މުރާކައާކުރި ލިސްޓް އާންމު ކޮށްފި

Author
ހުސައިން
16 ނޮވެމްބަރ 2024 11:03
0

އާސަންދަ ސްކީމްގެ ދަށުން އައިވީއެފް ފަރުވާ ހޯދުމުގެ ފުރުސަތު ދެވަނަ ބުރުގައި ލިބޭ މީހުންގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތްކޮށް، އެންސްޕާއިން އެ ލިސްޓް މުރާޖައާކޮށް އަލުން އާންމުކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު އާންމުކުރި ދެވަނަ ބުރުގެ ލިސްޓްގައި 63 މީހުން ހިމެނުނެވެ. ނަމަވެސް ރޭ އެންސްޕާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތްކޮށް ލިސްޓް މުރާޖައާކުރުމަށްފަހު، އައިވީއެފް ފަރުވާ ދެވަނަ ބުރުގައި ލިބޭ މީހުންގެ އައު ލިސްޓެއް އާންމުކޮށްފައިވާ ކަމަށެވެ.

އެންސްޕާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ދެވަނަ ބުރުގައި ޖުމުލަ 216 މީހުން ފޯމު ހުށަހެޅިއިރު، އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވަނީ 64 މީހުންނެވެ. މި އެހީ ހަމަޖެހިފައިވާ މީހުންނަށް ފަރުވާ ކުރިއަށްދާނެ ގޮތުގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޯރުކޮށްދޭނެ ކަމަށްވެސް އެންސްޕާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.