މިސް ޔުނިވަރސް މުބާރާތުގައި، ރާއްޖެ ތަމްސީލުކުރާ ޝައިނާގެ ފުރަތަމަ ފެނިލުން ދިވެހި ލިބާހުގައި

މިސް ޔުނިވަރސް މުބާރާތުގައި، ރާއްޖެ ތަމްސީލުކުރާ ޝައިނާގެ ފުރަތަމަ ފެނިލުން ދިވެހި ލިބާހުގައި

Author
ހުސައިން
15 ނޮވެމްބަރ 2024 09:46
0

މެކްސިކޯގައި މި މަހުގެ 14 ވަނަ ދުވަހު ފެށުނު މިސް ޔުނިވަރސް މުބާރާތުގައި، ދިވެހިރާއްޖެ ތަމްސީލުކުރާ މަރިޔަމް ޝައިނާ ނަސީމް ވަނީ އޭނާގެ ފުރަތަމަ ފެނިލުން ދައްކާލައިފައެވެ.

"ޕްރިމިއަމް ރައުންޑް" ގައި ސަގާފީ ހެދުން ދައްކާލުމަށް ބޭއްވުނު ބުރުގައި، ޝައިނާ ލައިގެން ހުރީ ކަސަބު ބޯވަޅުއެޅި ރަތް ލިބާހަކާއި، ފޭއްޔެއްގެ ސިފައިގައި ހަދާފައިވާ ކަނޑިތްކެކެވެ. އަދި އަތުގައި ދިވެހި ސަގާފީ އުޅާ އަޅައި، ކަރުގައި ރަން ފައްޓަރުބައެއް އަޅައިގެންނެވެ.

މުބާރާތުގައި ދެން އޮތީ 25 ފައިނަލިސްޓުން ހޮވުމެވެ. މީގެ އިތުރުން އެމެރިކާ، ކެރިބިއަން، ޔޫރަޕް، އެފްރިކާ، އޭޝިއާ އަދި އޯޝޭނިއާއިން ހަތަރު ސަރަހައްދީ ކެންޑިޑޭޓުން ހޮވުމަށްފަހު، ސެމީ ފައިނަލް ބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ އާދިއްތަ ދުވަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.