އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ރައީސްގެ ތައުރީފް!

އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ރައީސްގެ ތައުރީފް!

Author
ހުސައިން
15 ނޮވެމްބަރ 2024 09:20
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް މުބާރަކްބާދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ރައީސް މުޢިއްޒު، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ފަލަސްޠީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި، އެބައިމީހުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ތަޢުރީފުކުރައްވާފައިވެއެވެ.

އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެއިތުރުން، ފަލަސްޠީނު ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުން އެދިވަޑައިގެން މެސެޖު ނިންމަވާލައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.