ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް ކަމަށްވާ "ކޮޕް 29″ ގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.
ތޯރިގްގެ އަރިހުގައި މިނިސްޓްރީގެ އިސްވެރިންގެ ޓީމެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ފަހަރުގެ ސަމިޓުގައި ވެސް ރާއްޖެ އިން މުހިންމު ދައުރެއް އަދާކުރާނެއެވެ. މިއީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ.
"ކޮޕް 29″ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެން ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރު ދުބާއީގައި ބޭއްވި "ކޮޕް 29″ ސަމިޓުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
"ކޮޕް 29″ ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 22 އާ ހަމައަށް އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައެވެ.
ސަމިޓްގެ މި އަހަރުގެ ޝިޢާރަކީ "އިން ސޮލިޑޭރިޓީ ފޯ އަ ގްރީން ވޯލްޑް" އެވެ.