ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރަނީ

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އަންނަ ހަފްތާގައި އާންމު ކުރައްވާނެ ކަމުގައި މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މި ލިސްޓަކީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓް ރަނގަޅު ނޫން ކަމަށް ހައުސިން އެޑްވައިޒަރީ ކޮމިޓީ އަދި މާލެ ސިޓީ ކައުންސިލުގެ ހައުސިން ކޮންސަލްޓެޓިވް ކޮމިޓީން ދެކޭތީ، އަލުން އިވެލުއޭޓް ކުރުމަށްފަހު އެކުލަވާލެވޭ ލިސްޓެކެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި، އެ މަސައްކަތްތައް ނިމުމުން މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ.

މި ސްކީމަށް 15،000 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 9،000 މީހުން ފުލެޓަށް ޝަރުތު ފުރިހަމަވާކަމަށް އެމްޑީޕީ ސަރުކާރުން ނިންމާފައިވެއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެއިރު އާންމުކުރި 4،000 ފުލެޓުގެ ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން އޭސީސީން ފާހަގަކުރުމާ ގުޅިގެން އެ ފަރާތްތަކަށް ފުލެޓު ދޫކުރުން ވަނީ މެދުކެނޑިފައެވެ.

އޭސީސީގެ ތަޙުޤީޤުން ދައްކާގޮތުގައި ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ ފަރާތްތަކެވެ. އަދި 20.7 ޕަސެންޓް މީހުންނަކީ އެއްވެސް މައްސަލައެއް ނެތް ފަރާތްތަކެވެ. މީގެ އިތުރުން 19.7 ޕަސެންޓް މީހުންގެ ފޯމުގައި އެކި މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *