63 ވަނަ ފަހަރަށް ރާއްޖެ އައި ދެމަފިރިންނަށް މަރުހަބާކިއުން - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް 10 ފޮށި ސިނގިރޭޓު ގެނެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް 10 ފޮށި ސިނގިރޭޓު ގެނެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

ރާއްޖެ އަންނަ ފަތުރުވެރިންނަށް 19 ސިނގިރޭޓުގެ ފޮއްޓެއް ގެނެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް، ޑިއުޓީ ނުދައްކާ ސިނގިރޭޓް އެތެރެކުރެވޭ މިންވަރު އިތުރުކޮށްފައެވެ. މި މަހުގެ 5 ވަނަ ދުވަހު ދުންފަތުގެ ބާވަތްތަކާއި، ސިނގިރޭޓު އަދި ވޭޕް އެތެރެކުރުމަށް ދީފައިވާ ލުއިތައް ހުއްޓާލުމަށްފަހު، އަލުން އެކުލަވާލި އުސޫލުގެ ދަށުން މިހާރު ޓޫރިސްޓު ވިސާގައި އަންނަ ކޮންމެ މީހަކަށް 200 ސިނގިރޭޓު ނުވަތަ 10 ފޮށި ސިނގިރޭޓް ގެނެވޭނެއެވެ.

އައު އުސޫލުގެ ދަށުން 200 ސިނގިރޭޓު ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމުގެ ދުންފަތް އެތެރެކުރުމުގެ ހުއްދަ ދީފައިވާއިރު، އެއަށްވުރެ އިތުރުވާނަމަ ކަސްޓަމްސްއިން އެ ތަކެތި ހިފަހައްޓައި، ފުރާއިރު އަނބުރާ ހަވާލުކުރެވޭނެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓާއި ވޭޕުން ނަގާ ޑިއުޓީ ދެގުނައަށް ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވެއެވެ. މި ބަދަލާއެކު ސިނގިރޭޓަކުން އަދި ބިޑިއަކުން އަށް ރުފިޔާގެ ޑިއުޓީއެއް ނެގޭނެއެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެހެނިހެން އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން 50 ޕަސަންޓުގެ ޑިއުޓީއަކާއި މިލިލީޓަރަކަށް އަށް ރުފިޔާ ނެގޭނެއެވެ.

ސަރުކާރުން ވަނީ ނޮވެމްބަރު 15 އިން ފެށިގެން ވޭޕާއި އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކުރުމަށް ނިންމައި، އެ ތާރީހުގެ ކުރިން އެތެރެކުރާ މިފަދަ އުފެއްދުންތަކުން ވެސް އިތުރުކުރެވޭ ޑިއުޓީ ނެގުމަށް ހަމަޖައްސާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *