ވީއައިއޭގެ ފްލައިޓް މޫވްމަންޓް ފަސް ޕަސެންޓް އިތުރު ވެއްޖެ

ވީއައިއޭގެ ފްލައިޓް މޫވްމަންޓް ފަސް ޕަސެންޓް އިތުރު ވެއްޖެ

Author
ހުސައިން
09 ނޮވެމްބަރ 2024 10:28
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ފަސް ޕަސެންޓް އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރުގެ ނިޔަލަށް ވީއައިއޭގައި ރެކޯޑުކުރެވުނު އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު 12،264 އަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 11،684 ގައެވެ.

މި އަހަރުގެ ފްލައިޓް މޫވްމެންޓްތަކުގެ ތެރެއިން 11،281 މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތައް ކަމަށްވާއިރު، 983 މޫވްމެންޓަކީ ޗާޓަރު އަދި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައިގެ ނިޔަލަށް 22 ގައުމަކުން 42 އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރަމުން ގެންދިޔައެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.49 މިލިއަނަށް އަރާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.