އެމްއައިބީގެ ޑިޕޮސިޓް ބޭސް 8 ބިލިއަން ރުފިޔާއަށް އަރައިފި

އެމްއައިބީގެ ޑިޕޮސިޓް ބޭސް 8 ބިލިއަން ރުފިޔާއަށް އަރައިފި

Author
ހުސެއިން
05 ނޮވެމްބަރ 2024 10:10
0

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޑިޕޮސިޓް ބޭސް 8 ބިލިއަން ރުފިޔާއަށް އަރާއިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެމްއައިބީގެ އެސެޓް ވެލިއު މިހާރު ވަނީ އެ ބޭންކުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 10 ބިލިއަން ރުފިޔާގެ މަތިން ޖެހިފައެވެ. އަދި މި ކުއާޓަރގައި ބޭންކަށް 82 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ލިބިފައެވެ.

މި ކުރިއެރުންތަކާއެކު، ބޭންކުން ވަނީ ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން، ކަސްޓަމަރުންނަށް ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި އުޖާލާ ފައިނޭންސިންގގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.

މި ބަދަލުތަކާއެކު، ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ކޮންމެ ކުއާޓަރެއްގައިވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.