ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ފަސްކޮށްފި

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ފަސްކޮށްފި

Author
ޙަސަން މުޙައްމަދު
26 އޮކްޓޯބަރ 2024 08:57
0

މޯލްޑިވްސް މީޑިއާ ކައުންސިލުން އިއުލާންކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ވަނީ އަންނަ ބުދަ ދުވަހަށް ފަސްކޮށްފައެވެ.

އެމްއެމްސީން މި ހަފްލާ ފަސްކުރިކަން އަންގާފައިވީ ނަމަވެސް، ފަސްކުރަން ޖެހުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ 11 ވަނަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސް ހޯލުގައެވެ. މީޑިއާ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 18 ދާއިރާއަކުން ޖުމުލަ 86 ހުށަހެޅުން ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.