އިސްރާއީލުން ޣައްޒާގައި ބޮން އެޅި ގެއްގެ ކޮންކުރީޓް ދަށުގައި 5 ދުވަސް ވަންދެން އޮތް އަންހެނަކު ސަލާމަތް ކޮށްފި

އިސްރާއީލުން ޣައްޒާގައި ބޮން އެޅި ގެއްގެ ކޮންކުރީޓް ދަށުގައި 5 ދުވަސް ވަންދެން އޮތް އަންހެނަކު ސަލާމަތް ކޮށްފި

Author
ހުސެއިން
21 އޮކްޓޯބަރ 2024 09:01
0

ޣައްޒާ ސިޓީގެ ހިސާބެއް ކަމަށްވާ ތަލް އަލް-ހަވާ އިން، ގެއަކަށް އިސްރާއީލުނ ބޮންއެޅުމަށްފަހު ފަސް ދުވަސް ފަހުން، ފަލަސްތީނު ސިވިލް ޑިފެންސް ޓީމަކުން އަންހެނަކު ސަލާމަތްކޮށްފިއެވެ.

ސަލާމަތްކުރާ ޓީމުތަކުން ޓެލެގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ދައްކަނީ، އިސްރާއީލު ބާރުތަކުން ބޮންއެޅި ގެއެއްގެ ވެއްޔާއި ސިމެންތި ތެރެއިން ހަބީބު ޢާއިލާއަށް ނިސްބަތްވާ ފަލަސްތީނު އަންހެނަކު ނެރެގެން އަންނަ މަންޒަރެވެ.

މި ވީޑިއޯ ވަނީ އިންސްޓަގްރާމްގައިވެސް އަލުން ޕޯސްޓްކޮށްފައެވެ.

 

View this post on Instagram

 

A post shared by Eye On Palestine (@eye.on.palestine)

އިސްރާއީލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 42،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، ފާއިތުވި 17 ދުވަހުގެ ތެރޭގައި އެކަނިވެސް 640 މީހުން ޝަހީދު ކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.