ކާރިސާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ތުރުކީއާއެކު މަޝްވަރާކޮށްފި

ކާރިސާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ތުރުކީއާއެކު މަޝްވަރާކޮށްފި

Author
ހުސައިން
20 އޮކްޓޯބަރ 2024 10:58
0

ރާއްޖެއާއި ތުރުކީއާ ދެމެދު ކާރިސާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ މުހިންމު މަޝްވަރާތަކެއް ފިލިޕީންސްގެ މެނިލާގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ ތެރޭގައި ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި ތުރުކީގެ ޑިޒާސްޓާ އެންޑް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިޔާ އޮކާއީ މެމިސްއާ ދެމެދުގައެވެ.

ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ޑިޒާސްޓާ މެނޭޖްމަންޓް ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްސަލަތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި ދިފާއީ ވަޒީރުގެ އިތުރުން، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއާއި ވަފުދުގެ އެހެން މެންބަރުންވެސް ބައިވެރިވިއެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ކާރިސާތަކުގައި އެއްބާރުލުން އިތުރުކުރުމަށް ބާއްވާފައިވާ ބައްދަލުވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.